އަނެއްކާވެސް އިތުރު 39 މީހަކަށް ރާއްޖެއިން ކޮވިޑް ޖެހިއްޖެ

ބިދޭސީންތަކެއް މާލޭގެ މަގު މަތީގައި: ފޮޓޯ / ހަތާވީސް

ރާއްޖެއިން އިތުރު 39 މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ 1633ގައެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކުގައި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1672 އަށް އަރާފައެވެ. އެހެންކަމުން އިތުރު 39 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެހެންނަމަވެސް ޕޮޒިޓިވްވި މީހުންގެ ތަފްސީލެއް ނޭނގެއެވެ. ރާއްޖެއިން މިބައްޔަށް މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބިދޭސީންނެވެ. އޭގެތެރެއިންވެސް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންނެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 401 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.