ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 400އަށްވުރެ މައްޗަށް އަރައިފި

ކޮވިޑް19 އަށް މީހެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަންސް

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ބަލިން ސަލާމަތްވި މީހުންގެ އަދަދު 400އަށްވުރެ މައްޗަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން މިއަދުވެސް 16 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން މުޅި ޖުމްލަ މިހާތަނަށް މިބަލި ޖެހުނު މީހުންގެ ތެރެއިން 401 މީހަކު ރާއްޖެއިން ވަނީ ރަނގަޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 1633 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 863 ބަންގްލަދޭޝް މީހުންނާއި، 555 ދިވެހީންނާއި، 165 އިންޑިއާ މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި ލަންކާ ނުވަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *