ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1،633އަށް

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 42 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖެއިން މިއަދު ވަނީ ދިވެއްސަކާއި ބަންގްލަދޭޝް 23 މީހަކާއި އިންޑިއާ 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއާއިއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ވަނީ 1633 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އޭގެތެރެއިންވެސް އެންމެ ގިނައީ ރާއްޖޭގައި އުޅޭ ބަންލްގަދޭޝް މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 858 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ދިވެހިންގެ ތެރެއިން މިބަލި ޖެހިފައިވަނީ 554 މީހުންނެވެ.

މިބަލި ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

Leave a Reply

Your email address will not be published.