ރާއްޖެއިން އިތުރު 34 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކަރަންޓީން ފެސިލިޓީތަކަށް ރާއްޖެއިން ބޭރުން އައި ދިވެހިންތައް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

ރާއްޖެއިން އިތުރު 34 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ 12 ދިވެހިންނާއި ބަންގްލަދޭޝް 21 މީހެއްގެ އިތުރުން އިންޑިއާ މީހަކު ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއިއެކު ރާއްޖެއިން މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،547 އަށް ވަނީ އަރާފައެވެ.

މުޅި ރާއްޖެއިން މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މީގެތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން މުޅި ޖުމްލަ މިހާތަނަށް 955 ބިދޭސީ އަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

ބިދޭސީންގެ ތެރެއިންވެސް މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެމީހުންގެ ތެރެއިން 806 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 541 އެވެ.

މި ބަލިން މިހާތަނަށް 242 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *