އޮޅުވެލި ކަރަންޓީނުގައި ހުރި މީހަކު މަރެއް ނުވޭ: ފުލުހުން

އޮޅުވެލި ބީޗު ރިސޯޓު ---

އޮޅުވެލި ރިސޯޓު އިސޮލޭޝަން ފެސިލީގައި ބަހައްޓާފައި ހުރި މީހަކު މަރުވެފައި އޮތް ކަމެއް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ދޮގު ހަބަރު ފެތުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަނީ ދޮގު ހަބަރެއް ކަމަށެވެ.

.ފުލުހުން ބުނީ މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަަށް ޝޯޝަލް މީޑިއާގައި މިފަދަ ދޮގު މައުލޫމަތު ފެތުރި މައްސަލަ އެ ސާވިސް އިން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެ ޕޯސްޓް ޝެއާ ކުރެވިފައިވާ މީހުންވެސް އެ ޕޯސްޓް ޑިލީޓްކޮށް، އިތުރަށް ޝެއާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް19އާ ގުޅޭ ގޮތުން ދޮގު މައުލޫމަތު ފަތުރާ މައްސަލަތައް އެ މުއައްސަސާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published.