އިތުރު 56 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،500އަށްވުރެ މައްޗަށް

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ 18 ދިވެހިންނާއި ބަންގްލަދޭޝް 35 މީހަކާއި އިންޑިއާ ތިން މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއިއެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވި މީހުންގެ އަދަދު މިހާރު ވަނީ 1،513އަށް އަރާފައެވެ. މުޅި ރާއްޖެއިން މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މީގެތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން މުޅި ޖުމްލަ މިހާތަނަށް 942 ބިދޭސީ އަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

ބިދޭސީންގެ ތެރެއިންވެސް މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެމީހުންގެ ތެރެއިން 785 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 529އެވެ.

މި ބަލިން މިހާތަނަށް 242 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *