އައިސޮލޭޝަން ފެސިލިޓީއެއްގައި ފުލުހަކު އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ހުޅުލެ އައިލެންޑު ހޮޓެލު --

ކަރަންޓީން ފެސިލިޓީއެއްގައި ހުރި ފުލުހަކު އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ ހުޅުލެ އައިސޮލޭޝަން ފެސިލިޓީއެއްގައި މަސައްކަތް ކުރާ ފިރިހެން ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިޔަށްދާއިރު ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުންވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. "ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި އެހެން އިދާރާއެއްގައި މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވާ އަންހެން މީހާއަކީ އެތަނުގައި މަސައްކަތް ކުރާ ނަރުހެކެވެ.

މީގެކުރިން އއ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީއެއް ބެލެހެއްޓުމަށް ހަވާލުކޮށްފައި ހުރި ސިފައިންގެ ކޮމާންޑަރާއި އެތަނުގައި ހުންނަ އަންހެން ޑޮކްޓަރު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.