ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އިހުމާލު، ނާގާބިލުކަން: ޝިޔާމް

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފެންނަމުން ދަނީ ސަރުކާރުގެ ނާގާބިލު ކަމާއި ރައްޔިތުންނަށް ވަމުންދާ އިހުމާލު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނެވި ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު "ހޮހަޅައިން" ނިކުމެވަޑައިގެން ރައްޔިތުންނަށް ކަންކަން ސާފުކޮށް ވިދާޅުވާން ޖެހޭ ކަމަށެވެ. މިއަދު ދިވެހި ރައްޔިތުން ތިބީ ވަރަށް ހާލުގައިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންނަށް ފެނިވަޑައިގަންނަވަނީ އެއް ނޫން ކަމަށާއި އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ހަދަމުން ގެންދާ އެއްޗެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

"އެޗްޕީއޭ އަށް ގައުމު ހިންގަން ހަވާލުކޮށްގެން ގޭތެރޭގައި ހޮހަޅަ ތެރޭގައި، އޮވެގެން މިކަމެއް ވާކަށް ނެތޭ އަޅުގަނޑުމެން މި ދަންނަވަނީ. އިއްޒަތްތެރި ރައީސް، އަޅުގަނޑު މި ދޭތެރެއިން ކުރި ސުވާލަކީ އެމްޑީޕީގެ ސިޔާސަތުތައް އެބަ ތަންފީޒު ވޭތޯއޭ، އެމްޑީޕީ މިގައުމުގެ ވެރިކަމަށް އަންނަން ވެގެން ގެންގުޅުނީ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅަކާއި އެމްޑީޕީގެ މެނިފެސްޓޯއަކާއި ސިޔާސަތުތަކާއޭ، އެ މެނިފެސްޓޯގައި ހުރި ކަންކަން އެބަ ތަންފީޒުވޭތޯއޭ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށް ވައްކަމާއި އިންސާފުގެ ވާހަކަތައް އެމްޑީޕީން ދެއްކި ކަމަށެވެ. މިއަދު ރާއްޖެއިން ވައްކަން ނޫން އެހެން އެއްވެސް އެއްޗެއް ނުފެންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވަނީ މިއީ އެމްޑީޕީގެ ވެރިކަމެއްތޯ ސުވާލު އުފައްދަވާފައެވެ. އެންމެ ގަދައަށް އެމްއެމްޕީއާރްސީގެ ވާހަކަތައް ވެސް ދެއްކީ މިއަދު ސަރުކާރުގެ އިސްވެރިން ކަމަށާއި ނަމަވެސް މިއަދު އެ މައްސަލަ އަވަސް ވެގެން އަންނަތަން ނުފެންނަ ކަމަށް ޝިޔާމް ވިދާލުވިއެވެ. އަދި ވިދާޅުވީ އެ މައްސަލަ ލަސްވާ ސަބަބެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ކޮބައިތޯ އެ މައްސަލަ ލަސްވަނީ ކީއްވެގެންތޯ، ހުދު ރައީސް [މަޖިލިސް ރައީސް] ވެސް ވިދާޅުވެއްޖެ ރައީސް ޔާމީން އެކަނި ޖަލުގައި އޮންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށް. ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައެއް ނުގަންނަވާނެ އިއްޒަތްތެރި ރައީސް. އެމްއެމްޕީއާރްސީގެ މައްސަލަ މި ސަރުކާރުގެ ނުފޫޒު ނުވަންނާނެ ގޮތަކަށް އެބަޖެހޭ ތަހުގީގު ކުރަން،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މައްސަލަ، ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ މާދަމާ ވެސް ގާނޫނުއަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި ނަމަ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުދު އޭނާވެސް ދެކޮޅު ހައްދަވާނެ ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގައި މިއޮތީ އެފަދަ ހާލަތެއް ނޫން ކަމަށާއި ގާނޫނުއަސާސީ އިސްލާހު ނުކޮށް އަންނަ މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު އާއްމު ގާނޫނަކުން ދަންމައެއް ނުލެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. un Fehnnanee

Leave a Reply

Your email address will not be published. Required fields are marked *