މިރޭ ވެސް މަޖިލިސް، ފަށާނީ މިރޭ 9:00ގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ވެސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރޭ ޖަލްސާ ފަށާނީ 9:00ގައި ކަމަށެވެ. މިރޭ ކުރިއަށް ގެންދަނީ މިއަދު މެދުކަނޑާލި ޖަލްސާގެ ނުނިމި އޮތްބައެވެ.

މިރޭ ބަހުސް ކުރާނީ ވެސް ޤާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސެވެ. ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން ބޮޑުވެފައެވެ. ނަމަވެސް އެ އިސްލާހު ފާސްކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައި ވަނިކޮށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވަނީ ސަރުކާރާއި ޕާޓީން ވެސް އަންގާ ގޮތަށް ވޯޓު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ ބިލު މަޖިލީހަށް ބަލައިގަތުމަށް ކަމަށެވެ. އެ ބިލު ފާސްކުރުމަށް ޕީޖީ ގްރޫޕުން ވިޕްލައިނެއް އަދި ނެރެފައި ނުވާ ކަމަށް އިޝާރާތްކޮށް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.