ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 77 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 77 މީހަކު އެބަލިން އެއްކޮށް ރަނގަޅުވެއްޖެއެވެ.

ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 77އަށް އަރާފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން މުޅި ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 232 އަށް އަރާފައެވެ. އަދި މިއީ އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން މި ބަލިން ރަނގަޅުވި ފަހަރުވެސްމެއެވެ.

ކޮވިޑް19 އެންމެ ފަހުގެ މައުލޫމާތު --

ރާއްޖެއިން މި ބައްޔަށް 77 މީހަކު ރަނގަޅުވި ނަމަވެސް ބަލިން ރަނގަޅުވި މީހުންގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބަލިން ރަނގަޅުވި މީހުން ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖެއާ ބަންގްލަދޭޝް އަދި އިންޑިއާއާ ލަންކާ ވެސް ހިމެނެއެވެ.

ރާއްޖެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވިއިރު މިއަދު ވަނީ އިތުރު 43 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.