ރާއްޖެއިން އިތުރު 43 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ބިދޭސީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / އެމްއެންޑީއެފް

ރާއްޖެއިން އިތުރު 43 މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. އިތުރު ބަޔަކު ޕޮޒިޓިވްވިކަން ހާމަކުރީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮވިޑް19 އެންމެ ފަހުގެ މައުލޫމާތު —

ރާއްޖެއިން އިތުރު 43 މީހަކު ޕޮޒިޓިވްވިއިރު މުޅި ޖުމްލަ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،438އަށް އަރާފައެވެ. މީގެއިތުރުން މިއަދު ވަނީ މިބަލިން 77 މީހަކު ރާއްޖެއިން ރަނގަޅުވެސް ވެފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ އަދަދު މިހާރު ވަނީ 232 އަށް އަރާފައެވެ.

ރާއްޖެއިން މިބަލި ޖެހިގެން މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. ފަސްވަނަ އަށް މަރުވި މީހާ އަކީ ރޭ މަރުވި މީހެކެވެ. އެމީހާ ކޮވިޑަށް ޓެސްޓު ކުރިއިރު ވަނީ ޕޮޒިޓިވްވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.