ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ.
ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާއަކީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ރޭ ގެނައީ ހޭނެތިގެން ކަމަށާއި އެމީހާ ގެނެސްފައި ވަނީ ރޭ 22:45 އެހާއިރު ކަމަށްވެސް މަބްރޫކް ވިދާލުވިއެވެ.
އެމީހާއަކީ އަމިއްލަ މަސައްކަތް ކުރާ ދިވެއްސަކާއި އެކުގައި މަސައްކަތް ކުރަން އުޅޭ މީހެއްކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެމީހާ މަސައްކަތަށް ނުނިކުންނަތާ ވެސް ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެމީހާ ދިރިއުޅެމުން ދަނީ އިތުރު ބަންގްލަދޭޝް މީހުންތަކަކާއި އެކުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ…..