ފަސް މެންބަރެއް ދިރިއުޅުއްވާ ގެތައް މޮނީޓަރިންގައި

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބޭއްވި މަޖިލިސް ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

ކޮވިޑް19 އާ ގުޅިގެން ކަރަންޓީންގައި ނުވަތަ މޮނިޓަރިން ހާލަތަށް ގެނެއި ގެތަކެއްގައި ރައްޔިތުންގެ މަޖިލިހުގެ ފަސް މެމްބަރަކު އެބަތިއްބެވި ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގެ ހާޒިރީ އިއްވަވައި ދެއްވައި ނަޝީދު ވިދާޅުވީ ޖަލްސާ ފެށިއިރު، 47 މެންބަރުން ހާޒިރުވެވަޑައިގެންނެވި ކަމަށެވެ. ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހުރިހާ މެމްބަރުންނާއި އިދާރީ މުވައްޒަފުން ތިއްބެވީ މާސްކް އަޅުއްވައިގެންނެވެ.

އަދި މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ގެތަކުގައި ފަސް މެމްބަރުން ތިއްބެވި އިރު، އެ މެމްބަރުންނަށް ޖަލްސާ އަށް ވަޑައިނުގެންނެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަލާމްގައި ތިން މެމްބަރަކު ތިއްބެވިއެވެ.

ކަރަންޓީންގެ ހާލަތުގައިވާ ގެތަކުގައި ތިއްބެވީ ކޮން ފަސް މެމްބަރުން ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑް19 އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.