ސްކޫލުތައް އަލުން ހުޅުވުމުގައި ޑަބްލިއުއެޗްއޯ އިން އެހީވަނީ

ސްކޫލްތަކުގެ ދަރިވަރުން/ ފޮޓޯ- އަވަސް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، އަލުން ސްކޫލްތައް ހުޅުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެހީ ވުމަށް ނިންމައިފިއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކޮށްފައިވަނީ މިދިޔަ މަހުގެ މާޗްމަހުގެ ތެރޭގައެވެ. އޭގެ ފަހުން އޮންލައިން ކްލާސްތައްވެސް އައީ ގެނެސްދެމުންނެވެ. ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ލޮކްޑައުންގެ މުއްދަތައް ލުއިތަކެއްދީ ސްކޫލްތައް ހުޅުވުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފައެވެ.

އެޑިއުކޭޝަންގެ އިސްބޭފުޅުން ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިން ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެ ޖަމްއިއްޔާއިން ވަނީ ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ސެނިޓައިޒް ކުރުމަށް ބޭނުން ކުރާ ތަކެތި އަދި މީހުން ތަމްރީނު ކޮށްދިނުމަށް އެއްބަސްވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނީ ސްކޫލްތައް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށާއި އަދި އެކަން ކުރާނީ ސްކޫލްތައް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *