ރާއްޖެއިން އިތުރު 24 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1400އާ ގާތަށް

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 24 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ބަންގްލަދޭޝް 18 މީހަކާއި ހަތަރު ދިވެހިންނާއި އިންޑިއާ ދެ މީހަކު ކޮވިޑް19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއިއެކު މުޅި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1،395 އަށް ވަނީ އަރާފައެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އޭގެތެރެއިން ވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް 706 ބަންގްލަދޭޝް މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 498  ދިވެހިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 144 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *