އެންދަމަން ފޭބި ޒުވާނަކު މަރުވެއްޖެ

މަސްވެރިންތަކެއް، މަސްދޯންޏެއްގައި ---

ގދ. ގައްދޫގައި އެންދެމުމަށް ދޯންޏަކުން ފޭބި 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވީ 21 އަހަރުގެ ދިވެހި ފިރިހެނަކު އެންދަމަށް ފޭބުމަށްފަހު އެއްވެސް ހަރަކާތެއް ނުކުރާތީ އޭނާއާ އެކުގައި އެންދެމުމަށް ފޭބި އެހެން މީހުންނަށް ފެނިގެން ގައްދޫ އަށް ގެންނަ ކަމުގެ މައުލޫމާތު މިއަދު 15:55 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާ ހިނގި ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.