އިއްޔެ އެކަނިވެސް އަމުރާއި ހިލާފުވެގެން 200އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

ލޮކްޑައުންގައި މަގުމަތީގައި އުޅުނު ބަޔަކު ޗެކް ކުރަނީ: ފޮޓޯ / ޕޮލިސް

ލޮކްޑައުން އަމުރާއި ހިލާފުވެގެން މާލެ ސަރަހައްދުން އިއްޔެ އެކަނިވެސް 200 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ ލޮކްޑައުން އަމުރާއި ހިލާފުވެގެން އިއްޔެ 234 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ އިން 211 މީހަކު ވިލިމާލެއިން ތިން މީހަކު އަދި ހުޅުމާލެއިން 20 މީހަކު ހިމެނެއެވެ. މުޅި ޖުމްލަ މިހާތަނަށް 5259 މީހަކު ލޮކްޑައުން އަމުރާއި ހިލާފުވެގެން ވަނީ ޖޫރިމަނާކޮށްފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ލޮކްޑައުން އަމުރާއި ހިލާފަށް އުޅުނު 6 މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ މާލެއިންނެވެ. މިހާތަނަށް 282 މީހަކު ލޮކްޑައުން އަމުރާއި ހިލާފުވެގެން ވަނީ ހައްޔަރުކޮށްފައެވެ.

ކޮވިޑް19 މާލެއިން ފެނުނު ދުވަހު [15 އޭޕްރީލް]ގައި މާލެ ލޮކްޑައުން ކުރި ގޮތަށް އަދިވެސް މާލެ ސަރަހައްދު އޮތީ ލޮކްޑައުންގައެވެ. ނަމަވެސް ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ލޮކްޑައުން އަށް ލުއިތަކެއް ދިނުމުގެ ވިސްނުން ގެންގުޅެމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.