ކޮވިޑް19: ބަލިން ސަލާމަތްވި އަދަދު 144އަށް އަރައިފި

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ މީހުންގެ އަަދަދު 144 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރެއިން ފެށިގެން މިރޭގެ މިހާތަނަށް އިތުރު 17 މީހަކު ވަނީ އެއްކޮށް ރަނގަޅުވެފައެވެ.

ބަލިން ރަނގަޅުވި އަދަދު 144އަށް އަރާފައިވާއިރު މިއަދުވެސް 58 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

މުޅި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1،371 އަށް ވަނީ އަރާފައެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އޭގެތެރެއިން ވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް 688 ބަންގްލަދޭޝް މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 494 ދިވެހިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 128 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.