ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ބިދޭސީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / އެމްއެންޑީއެފް

ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 25 ދިވެހިންނާއި ބަންގްލަދޭޝް 13 މީހުންނާއި އިންޑިއާ 14 މީހުންގެ އިތުރުން ނޭޕާލް 6 މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއިއެކު މުޅި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1،371 އަށް ވަނީ އަރާފައެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އޭގެތެރެއިން ވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް 688 ބަންގްލަދޭޝް މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 494 ދިވެހިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 128 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.