ހުޅުމާލެ މެޑިކަލް ފެސިލިޓީ މަސައްކަތް ނިންމާ، އައިޖީއެމްއެޗްއާ ހަވާލުކޮށްފި

ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އެމްއެންޑިއެފް

ކޮވިޑް19 އާއި ގުޅިގެން ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމާ ސަރުކާރު މައި ހޮސްޕިޓަލު އައިޖީއެމްއެޗްއާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފްއާ އަދިވެސް އެހެން ބައެއް އިދާރާތައް ގުޅިގެން ގާއިމްކުރި އެ ފެސިލިޓީ އައިޖީއެމްއެޗާއި ހަވާލުކޮށްދެއްވާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ ނިއު ނޯމަލް އުސޫލުތަކާއި އެއްގޮތަށެވެ. އެ ފެސިލިޓީއަކީ ކޮވިޑް19 ގެ ސަބަބުން ނާޒުކު ހާލަތަކަށް ދާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހާއްސަކޮށްގެން ސިއްހީ ހުރިހާ ވަސީލަތަކާއެކު ގާއިމުކޮށްފައިވާ ފެސިލިޓީއެކެވެ.

ތިންސަތޭކަ އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީ ކުރި  އެ ފެސިލިޓީގައި އިތުރު އެކޮމަޑޭޝަން ބްލޮކަކާއި ސާވިސް ބިލްޑިންގްއެއް ވަނީ ގާއިމުކޮށްފައެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގައި އެ ފެސިލިޓީގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްޙީ މާހިރުން ތިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ސާވިސް އިމާރާތުގައި ބަދިގެއާއި، ކުނި މެނޭޖްކުރާ ޔުނިޓް އަދި ލޯންޑްރީވެސް ހުރެއެވެ.

އެ ފެސިލިޓީ ތަރައްގީކުރުމަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.