ބިދޭސީން ތިބި ކަރަންޓީން ފެސިލިޓީއެއްގައި ހަމަނުޖެހުމެއް ހިނގައިފި

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ ބިދޭސީން: ފޮޓޯ / އިމިގްރޭޝަން

ހުޅުމާލެގައި ބިދޭސީން ބަހައްޓާ ކަރަންޓީން ފެސިލިޓީއެއް [އަމީން ހިޔާ] ގައި ހަމަނުޖެހުމެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ އަމީން ހިޔާގައި ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި ތިބި ބައެއް މީހުން އެތަނުގައި ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާއި ދިމާއަށް ގޮނޑި ފަދަ ތަކެތި އުކާފައިވާ ކަމަށެވެ.

އެ ހަމަ ނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ހާދިސާ ހިނގީ މިރޭ 20:50 ހާއިރުއެވެ.

އެކަން މިހާރު ވަނީ ވާހަކަ ދައްކައިގެން ހައްލު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *