މެދުކަނޑާލާފައި އޮތް ޓެލެކިލާސް ޕްރޮގްރާމުތައް އަލުން ފަށަނީ

މީގެކުރިން ބޭއްވި ޓެލެކިލާސް ޕްރޮގްރާމެއްގެ ތެރެއިން ---

ރާއްޖޭގެ ޓީވީތައް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ގެނެސްދެމުންދާ "ޓެލެކިލާސް" ޕްރޮގްރާމް މާދަމާ އަލުން ފެށުމަށް ނިންމައިފިއެވެ.

ޓެލެކިލާސް ޕްރޮގްރާމް މެދުކަނޑާލީ މާލެ ސަރަހައްދު ފުރަބަންދު ކުރުމަށް ނިންމުމާ ގުޅިގެން، މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ޓެލެ ކްލާސް ޕްރޮގްރާމަކީ ގްރޭޑް 10 ގެ ކުދިންނަށާއި އޭ.އެސް ލެވެލް އިމްތިހާންގައި ބައިވެރިވާ ދަރިވަރުންގެ އިތުރުން ދަށް ގުރޭޑްތަކުގެ ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމެކެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ މާޗު މަހުން ފެށިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ޓެލެކިލާސްތައް އަލުން ފެށުމަށް ހަމަޖެހިފައިވާއިރު މިއަހަރު އޮތް އޯލެވެލް އިމްތިހާނުވެސް މިހާރު ވަނީ އަންނަ އަހަރުގެ މެދު ތެރެއަށް ބަދަލުކޮށްފައެވެ. އަދި އަންނަ އަހަރު ދިރާސާ އާ އަހަރުވެސް އަންނަ އަހަރުގެ މެދު ތެރޭގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *