ބޮޑުވަޒީރަކަށް ނުވެވުމުން އަމިއްލަ ވެރިކަމާ ދެކޮޅުވީތޯ؟

ރައީސް މުހައްމަދު ނަޝީދު: ބޭނުންފުޅު ވަނީ ބަރުލަމާނީ، ހުރަހަކަށް އޮތީ ސަރުކާރު.

ހަނދާން ނެތުމަކީ އިންސާނީ ސިފައެކެވެ. ގިނަ ގިނައިން ހަނދުމަކޮށްދިނުމަށް އަންގަވައި، އެއީ މުއުމިނުންގެ ސިފައެއް ކަމުގައި ލައްވަވާފައިވަނީ އެހެންވެއެވެ. މި މައުޟޫއަށް ފަށައި ގަތުމުގެ ކުރިން ހަމަ ބުނެލީއެވެ.

ވަރަށް އަނިޔާ ތަހައްމަލު ކޮށްފީމެވެ. މުގުރާއި ޕެޕާ ސްޕްރޭގެ އަނިޔާގައެވެ. ކުޑަ ގޮޅިއާއި ޖަލުގެ ވޭން އިހުސާސްކޮށްފީމެވެ. ބޭއިންސާފާއި ލާއިންސާނިއްޔަތު ދެކެފީމުއެވެ. 2013 އިން ފެށިގެން އުންމީދު ކުރަމުން ދިޔައީ 2018 އަށެވެ. އަނެއްކާ އެއްކަލަ ކަރުދާސްކޮޅު އަތަށް އަރާނެ ދުވަހަކަށެވެ. އެ ދުވަސް ވެސް ދެކެފީމުއެވެ. ދިވެހިންގެ ނިންމުންވެސް ފެނިއްޖެއެވެ. ޚުދުމުޚުތާރު ވެރިއަކަށް ނޫނެކޭ ބުނެފީމުއެވެ.

ފަސް އަހަރު ވަންދެން އެންމެން މަސައްކަތް ކުރީ އެއް މަންޒިލަކަށް ވާސިލްވުމަށެވެ. ރައްޔިތުންގެ ވެރިކަމެއް އަލުން އިޔާދަކޮށް ދިވެހިންނަށް ހައްގުވާ މިންވަރު ހޯދުމަށެވެ. މި ބުރަ ބޮޑު މަސައްކަތުގެ ތެރޭގައި އެތައް ބަޔަކު މި ދުނިޔެ ދޫކޮށް ހިނގައްޖެއެވެ. މާތް ރަސްކަލާނގެ އެބައި މީހުންނަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ. އާމީން.

އެ ދުވަހު އެންމެން ގުޅިގެން ވީ ގުރުބާނީގެ ފޮނި މީރުކަން އަދި ނުލިބެއެވެ. އެތައް ކަމެއް ރަނގަޅު ކުރަން އެބަހުއްޓެވެ. އެތައް ކަމެއް ބަދަލުވާންޖެހެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަވަސް އަރުވާލައްވައިގެން ނޫޅުއްވައެވެ. އިސްކުރައްވަނީ ހިކުމަތެވެ. ދުރުވިސްނުން އިސްކުރައްވައި، ޖަޒްބާތުގެ މައްޗަށް ކުރި ހޯއްދަވައިގެން ރަނގަޅު ކުރަން ހުރި ކަންކަން އެބަ ކުރައްވައެވެ. ކުރަން ހަވާލުވެވަޑައިގެން އެ ކުރައްވަނީ އެއް ދުވަހުން، ކުރެވޭނެ ވަރުގެ ކަންކަމެއް ނޫނެވެ.

ރާއްޖެ އިސްލާހުކޮށް، ދިވެހިން އެދޭ، ދިވެހިންނަށް ހައްގުވާ މިންވަރާ ހަމައަށް ވާސިލްވުމަށް ގިރާ ކުރަންޖެހިފައިވާ ހުރަސްތައް ވަރަށް ގިނައެވެ. ބުޅާ ގޯނިން ބޭރުކުރަމާ ހިނގާށެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެފައި މިވަނީ މި ސަރުކާރު ހިނގައި ގަތުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަށެވެ. އެމްޑީޕީގެ ވެރިކަމެއް، އެންމެ ގާތް އެކުވެރިޔާ ކުރައްވާ ތަން ބައްލަވަން ދުރުގައި ހުންނެވުމަށް އެމަނިކުފާނަށް ކުޅަދާނަކަން ލިބިގެންނުވާކަން ފެންނަމުންދާ ހަގީގަތްތަކުން ސާފުވެއެވެ.

މިއަދު މި ރާއްޖޭގެ ކުޑަކުއްޖަކަށް ވެސް އޮޅިފައި ނުވާނެ ހަގީގަތަކީ ރައީސް ނަޝީދަކީ އާރާއިބާރަށް ފެންބޮވައިގަނެފައިވާ ބޭފުޅެއް ކަމެވެ. ތެދެކެވެ. ދިވެހިންނަށްޓަކައި އެކަނިކުފާނު ކޮށްދެއްވާފައިވާ ކަންކަމާއި ވެފައިވާ ގުރުބާނީ އަށް ޝުކުރު ހައްގެވެ. އަދިވެސް އެއްފަހަރު ޝުކުރިއްޔާއެވެ. އެހެނަސް، އެތައް ތުރާލަކާއި ވޭނެއް ތަހައްމަލުކޮށްގެން ހޯދި ހަމަޖެހުން ގެއްލުވާލަން، ކުރީގައި ކޮށްދީފައި އޮތްކަމެއް ހުއްޖަތަކަށް ހަދަން ފުރުސަތު ދެވިދާނެތޯއެވެ؟

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު، ރައީސް ނަޝީދުގެ އެންމެ ބޮޑު ޑިމާންޑަކަށްވީ ބަރުލަމާނީއެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކޮށް، އެމަނިކުފާނަށް ބޮޑުވަޒީރުކަން ހަވާލުކުރުމެވެ. އެކަމަށް ސަރުކާރު ކޯލިޝަން އެއްބަހެއް ނޫނެވެ. ރައީސް ސޯލިހަށް އިސްކުރައްވަން ޖެހިވަޑައިގެންފައިވަނީ ޒަމާންވީ އެކުވެރިކަމުގެ މައްޗަށް ގައުމީ މަސްލަހަތެވެ. އުނދަގޫ ނިންމުމެކެވެ. ނަމަވެސް ގައުމީ ނިންމުމެކެވެ.

އެއާއެކު ފެނިގެން މިދަނީ ރައީސް ނަޝީދު، އެމަނިކުފާނަށް ވާގިވެރިވެދޭ މަޖިލިސް މެންބަރުންތަކަކާއެކު ހަނގުރާމައަށް ސަފުތައް ރުކުރުވާލި މަންޒަރެވެ. ކަނޑިތައް އުރައިން ނަގައި ދަމާލި މަންޒަރެވެ. އެމަނިކުފާނުގެ އެދުން ނުފުއްދޭނަމަ، އެމަނިކުފާނު ބޭނުންހާ ގޮތެއް ނުހެދޭނަމަ، މުލައްދަނޑީގައި ހުރި ވަރު ދައްކާލަން ނިކުންނަވަން އިންޒާރު ދެއްވި ރިޓްވީޓެވެ.

ހަގީގަތް ހާމަ ކުރުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރައީސް ނަޝީދުގެ ދޫފުޅެވެ. ކޮވިޑް-19 އަކީ ސީރިއަސް ބައްޔެއް ނޫން ކަމަށް ދައްކަން ފުރުތަމަ އުޅުއްވި ގޮތާއި، ބަލި ގަދައަށް ރާއްޖޭގައި ފެތުރިފައިވަނިކޮށް، ޑޮކްޓަރުންނާ ދެކޮޅުވެ ފުރަބަންދު އުވާލަން ރައީސް ސޯލިހަށް ކުރަމުންދާ ޕްރެޝަރަކީ ކުޑަ މިސާލެކެވެ. މަޖިލިސް ރައީސްގެ ގޮނޑި ކޮޅާއި، މަޖިލިސް ޓީވީ މިވަނީ އެކަނިކުފާނުގެ އެދުންވެރިކަން ފުއްދަން ބޭނުންކުރާ ވަސީލަތަކަށްވެފައެވެ.

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަޣާވާތަކުން ބަދަލުކުރި ހިސާބުން އާންމު މެންބަރުން ތެޅިތެޅި ހުޅުނބުދާ ވަރުވެފައިވަނިކޮށް، ހޯދައި ގަނެވުނު މި ހިނގާ ވެރިކަން އެންމެ މީހަކަށްޓަކައި ގުރުބާންކޮންލަންވީތޯއެވެ؟ ދިވެހި އެންމެ ރައްޔިތުންނަށް ފަސް އަހަރުގެ އަނިޔާއަށްފަހު ހޯދައި ގަނެވުނު މި ހަމަޖެހުން އެންމެ މީހަކަށްޓަކައި ދޫކޮށްލަންވީތޯއެވެ؟ ހަމަގައިމުވެސް، އަނިޔާވެރި ވެރިކަމުގެ މަތިން މިބަޔަކު ހަނދާން ނެތިއްޖެއެވެ. އަމިއްލަ އެދުމަށްޓަކައި، ގާތް މީހުންނާ ދުރުވާންވެސް ތައްޔާރެވެ. ހަނދާން ކުރާށެވެ. އަދި ހަނދާން ކޮށްދޭށެވެ. ހޭވެރިކަމަށް އައިސްދާނެއެވެ.

3 thoughts on “ބޮޑުވަޒީރަކަށް ނުވެވުމުން އަމިއްލަ ވެރިކަމާ ދެކޮޅުވީތޯ؟

  1. Nuhaggun meehaku jalah laigen ulhumah vure bodu aniyaaveri kameh kobaibaavaeve. Ibu akee qaumehge verikan kureveyne fenvaruge meeheh noonkan thi liyunu meehaa ah ves engeyne eve. Musaara dheefai ibu promote kuran behetteemaa jeheynee liyanthaa eve. 25 aharu dhuvahu majileehugai ulhunu iru vaahakadhakkan thedhuvee 12 faharueve. Vaahakadhekkee 12 minute gaeve. Verikamah aee vakkamey kiyaigen vakkan kuraasheve. Mi sarukaarun kuraa kameh vakkan noonee kobai heyyeve. Raajjevindia ah alhuvethi koffieve. Dheenah hajoo jahaa meehun kairiah laigen mulhi gaumu laadheenee kuranee Ibu eve. Kon Soaliheh heyyeve. E-ee Ibu ge bappacah kiyaa nameve. Verikamah aee Anni ge nivalugaeve.

  2. Nasheed migaunah koh dhevvi rangalhu evves kameh neiy,nasheed akee amilla ah baaru beynunvegen ulhey gaumuge khaaineh,nasheed ge bafayakee gaumugaa ufedhunu enme bodu khiyaanaath theriyaa koat hukumun egen ebaoiy ,ahivkaa jehi vakeh faavaaneyey bunaahen,bafage fahathun2008 ga ais gaumun 18.5 biliange dharaninagaa aaikaa aa rattehinnaa paattee meehunah bahaa jeebutgah furaakadhee rayyithun hasluga jessumakee gaumah khiyaabaath therivun noon baa ? Evarun nufudhigen atholhaa rah rashuga jamaaga huri faisaa aa bidheyseen jamaa kuri diposit ves hajam koh nufudhigen nu aguga airport vikaa evarun nufudigen rajjega huri dhonveli beyrugaunakah vikkaa hedhun e ee gaumah lkhlaastherivun baa? Nashed ahvure gaumah ginaguna gellun hoadhaa dhin faraatheh fahuge thaareekheh gaa gaumugaa ufanvefaeh neiy

Leave a Reply

Your email address will not be published.