ރާއްޖެއިން ބަލިން ސަލާމަތްވި މީހުންގެ އަދަދު 127އަށް އަރައިފި

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުވެސް 18 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މުޅި ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު 127 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ބަލިން ރަނގަޅުވެގެން އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މުޅި ޖުމްލަ މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ އަދަދު ވަނީ 1،313 އަށް ވަނީ އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ބަލިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 677 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 467 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 127 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.