އަންނަ އަހަރު ދިރާސީ އާ އަހަރު، އަހަރުގެ މެދުތެރެއިން ފަށަން ނިންމައިފި

ސްކޫލްތަކުގެ ދަރިވަރުން/ ފޮޓޯ- އަވަސް

އަންނަ އަހަރު ދިރާސީ އާއަހަރު ފަށާނީ އަހަރުގެ މެދުތެރެއިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެބަދަލު މިނިސްޓްރީން ނިންމީ ސޯޝަލް ކައުންސިލްގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ބަދަލު ދާއިމީ ބަދަލަކށް ހަދަން ފެނޭތޯ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ފަހުން ލަސްތަކެއް ނުކޮށް އެކެޑަމިކް ކަލަންޑަރަށް ގެނެވޭނެ ބަދަލުތައް އިއުލާނު ކުރާން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާއިރު އެޑިއުކޭޝަނުން ވަނީ މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރު މަހުގައި ބޭއްވުމަށް ތާވަލް ކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނުވެސް އަންނަ އަހަރު މޭ ޖޫންގައި ބޭއްވުމަށް ނިންމާފައެވެ.

ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗްމަހުއެވެ. އޭގެ ފަހުން އޮންލައިންކޮށާއި ޓެލެކްލާސްތައް ނަގައިދިން ނަމަވެސް މިދިޔަ އޭޕްރީލް މަހު މެދުތެރެއިން މާލެއިން ކޮވިޑް19 ފެތުރުމުން ޓެލެކްލާސްތައްވެސް ވަނީ މެދުކަނޑާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *