ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 109 އަށް އަރާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ ފަހެކެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 104އެވެ.

ރާއްޖެއިން 109 މީހަކު ބަލިން ރަނގަޅުވިއިރު މިއަދުވެސް ރާއްޖެއިން ވަނީ 58 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ޖުމްލަ މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،274 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *