މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަހުސް

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކުރ ިއީދު ނަމާދު ބޮޑު ޖަމާއަތުގައި

މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި އަންނަ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެެވެ.

ޝައްވާލުމަހުގެ ހަނދާބެހޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރުވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ. އަދި އިސްލާމީ އެހެން އެއްވެސް ގައުމަކަށް ހަނދު ފެނިފައިވާ ނުވާ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން މާދަމާއަކީ ރަމަޟާންމަހުގެ 30 ކަމަށް ކަނޑައަޅާކަމަށް އިސްލާމިކް މިނިސްޓަރު ވަނީ އެކަން ހާމަކުރައްވާފައެވެ. އަދި 1441 ވަނަ އަހަރުގެ ޝައްވާލްމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *