ހުޅުމާލެ ޖަލުން 30 ރެންޑަމް ސާމްޕަލްތަކެއް ނަގައިފި

ހުޅުމާލެ ޖަލުގައި މީގެކުރިން ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން: ފޮޓޯ / ކަރެކްޝަންސް

ކޮވިޑް19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަގަމުން އަންނަ ރެންޑަމް ސާމްޕްލަތައް ހުޅުމާލެ ޖަލުންވެސް ނަގައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ގުޅިގެން މިއަދު ކުރިއަށްގެންދިޔަ ސާމްޕަލް ނެގުމުގެ ހަރަކާތުގައި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް ނަގާފައިވާ ކަމަށެވެ. އަދި ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށެވެ.

މި 30 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނެވެ. މީގެ ކުރިން މާފުށީ ޖަލުގައާއި އައްސޭރި ޖަލު އަދި މާލެ ޖަލުގައި ވެސް ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައި، އޭގެ ނަތީޖާތައް ވަނީ ނެގެޓިވްވެފައެވެ.

މުޅި ޖުމްލަ މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ އަދަދު ވަނީ 1،216 އަށް ވަނީ އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ބަލިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 622 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 434 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 104 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published.