ކުޅުދުއްފުށި ލޮކްޑައުން އުވާލައިފި

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށި ސިޓީގައި އިއުލާން ކޮށްފައިވާ ލޮކްޑައުން ރޭ އުވާލައިފިއެވެ.

އެ ސިޓީ ލޮކްޑައުން ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެންމެ ފަހުން ލޮކްޑައުން އިތުރުކުރީ މާދަމާގެ ނިޔަލަށެވެ. ލޮކްޑައުން ކުރި ނަމަވެސް ފަހުން ލޮކްޑައުން ކުރި ފަހަރު ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ލުއިތަކެއް ދީފައެވެ.

އެގޮތުން ހެނދުނު 06:00 އިން ފެށިގެން މެންދުރު ފަހު 15:00 ދޭތެރޭ ހުއްދަ ނުނަގާ ބޭރުގައި އުޅެވޭނެއެވެ. ނަމަވެސް މެންދުރު 15:30 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށް ބޭރުގައި އުޅެވޭނީ ހުއްދަ ނަގައިގެންނެވެ.

ކުޅުދުުއްފުށި ސިޓީ ކައުންސިލުން ވަނީ ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ލޮކްޑައުން ނުވަތަ މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވުމުން އެ ސިޓީގައިވެސް މިއަދު ހުކުރު ނަމާދު ކޮށްފައެވެ.

ކުޅުދުއްފުށީގައި ފުރަބަންދު އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 21 ގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.