ދުބާއީ އިން ރާއްޖެއަށް 10 ވެންޓިލޭޓަރެއް ގެނެސްފި

ވެންޓިލޭޓަރެއް ---

ރާއްޖެއިން ނުރައްކާތެރި ކޮވިޑް19 ފެނިފައިވާއިރު އެކަމުގެ ނުރައްކާތެރިކަން ބޮޑުވާ ހާލަތެއްގައި ބޭނުން ކުރުމަށް ސަރުކާރުން ގެންނަން ނިންމި 200 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް ދުބާއީ އިން 10 ވެންޓިލޭޓަރު މިހާރު އައިސްފައިވާ ކަމަށާއި މިއަދު އައި 10 ވެންޓިލޭޓަރާއި އެކު މުޅި ޖުމްލަ 129 ވެންޓިލޭޓަރެއް ރާއްޖޭގައި އެބަހުރި ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ އައިސީޔޫ ފެސިލިޓީތަކަށާއި އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ އެނދެއް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޕީޕީއީ އެބަހުރި ކަމަށާއި ނަމަވެސް އެ ތަކެތީގެ ސްޓޮކް އިތުރު ކުރުމަށް ހެލްތު މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަށް ބޭނުންވާ 4100 އޮކްސިޖަން ސިލިންޑަރު ވެސް ރާއްޖެ އައިސްފައިވާ ކަމަށް މަބްރޫކްގެ ވާހަކަފުޅުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *