ސީމެކް ކުންފުނިން އަނެއްކާވެސް ރާއްޖެއަށް އެހީވެއްޖެ

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުން ރާއްޖެއަށް ހަދިޔާ ކުރި ބައެއް ތަކެއްޗާ އެކު ފޮރިން މިނިސްޓަރ ޝާހިދު (ކ) ފޮޓޯއަކަށް ހުއްޓިގެން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުން ބޭނުންކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) ކުންފުނިން ޕީޕީއީ އާއި އެހެން ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

ސީމެކުން މިތަކެތި ހަދިޔާކޮށްފައިވަނީ ފޮރިން މިނިސްޓްރީއާއި، ޖެންޑަރ މިނިސްޓްރީއާއި ކަސްޓަމްސް އަދި އިމިގްރޭޝަނަށެވެ. މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި މިތަކެތި ހަވާލުކޮށްދެއްވީ ސީމެކް ކުންފުނީގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާއެވެ.

ސީމެކުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕީޕީއީ، ފޭސް މާސްކް، ގޮގްލްސްއެވެ. މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނު ވެސް އަންނަ ހަފްތާތެރޭ ސީމެކުން ރާއްޖެ ގެނެސް، ޖެންޑަރ މިނިސްޓްރީއާ ހަވާލުކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *