ތ. ގުރައިދޫގައި ބިދޭސީއަކު މަރާލާފައި އޮއްވާ ފެނިއްޖެ

ބިދޭސީ މީހާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު ފުލުހުން ކޯޑަން ކޮށްފައި --- ފޮޓޯ / އެމްވީ ކްރައިސިސް

ތ. ގުރައިދޫގައި ބިދޭސީ އަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ތ. ގުރައިދޫ ކައުންސިލް މެންބަރު ނައުފަލް ހަސަން "ހަތާވީސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާގެ ގައިގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ. ނައުފަލް ވިދާޅުވީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ މިރޭ 1:00 ހާއިރު ކަމަށެވެ. ނައުފަލް ވިދާޅުވީ އެމީހާގެ މެއަށާއި ކަރަށް ވަޅިން ހަމަލާ ދީފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ވަނީ މަރުވެފައެވެ.

އެ މީހާއަކީ އެރަށުގައި ދަނޑުވެރިކަން ކުރާ ސައިޓެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ވަޅި ހެރުމަށްފަހު އެމީހާ އެއްލާލާފައި އޮއްވާ ފެނުނީ ސައިޓުގެ ކުރިމަތީގައި އޮންނަ ސަރަހައްދަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *