ރިސޯޓުތަކުގެ ފަހު ހަމަސް ދުވަހުގެ ބިމު ކުއްލި ފަސްކުރަން ނިންމައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ރިސޯޓުތަކުގެ ފަހު ހަމަސް ދުވަހުގެ ބިމު ކުއްލި ފަސްކުރަން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމައިފިއެވެ.

ކޮވިޑް19 ގެ ހާލަތާއި ގުޅިގެން ފަސްވަނަ ފަހަރަށް ގައުމާއި މުހާތަބު ކުރައްވާ މިރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް19 ގެ ދަތިކަމުން އަރައިގަނެ ފަތުރުވެރިކަން އަލުން ފެށިގެންދާއިރު ރިސޯޓުތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތޔުން ރިސޯޓުތަކުން މިއަހަރު ދައުލަތަށް ދައްކަންޖެހޭ ބިމު ކުލި، އަހަރުގެ ފަހު ހަމަސް ދުވަހުގެ ކުލި ފަސް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި،” ރައީސް ސޯލިހު ވިދާޅުވިއެވެ.

ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާއިރު، އެ ބައްޔަށް ފަހުގައި އާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށްވެސް ތައްޔާރުވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ އަދި އިޖުތިމާއީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ގައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، އެކަމުން އަރައިގަތުމުގެ ވާހަކަ، މާތް ﷲގެ ވާގިފުޅާއެކު ދެކެވެނީ، ދުރާލައި އެ ބައްޔާއި ދެކޮޅަށް ސަރުކާރަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދުވެސް ވަނީ ކޮވިޑް19 އަށް 43 މީހަކު ޕޮޒިޓިވްވެފައެވެ. އަދި މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 1186 އަށް ވަނީ އަރާފައެވެ. ބަލިން 91 މީހަކު ރަނގަޅުވިއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.