43 މީހަކަށް ބަލި ޖެހި، ޖުމްލަ އަދަދު 1200އަށް އަރަނީ

ކޮވިޑް19 އަށް މީހެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަންސް

ރާއްޖެއިން 43 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ރާއްޖެއިން ބަލި ޖެހުނު އަދަދު 1186އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަލަށް ބަލި ޖެހުނު 43 މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ބަންގްލަދޭޝް މީހުން ކަމަށެވެ. އެއީ 28 ބަންގްލަދޭޝް މީހުންނާއި ހަތަރު އިންޑިއާ މީހުންނާއި ނޭޕާލު މީހެކެވެ. އަދި 10 ދިވެއްސަކަށް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ބަލި ޖެހުނު އަދަދު 1200 ކައިރިކުރިއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު އަދި 100 އަށް ނާރައެވެ. ބަލިން ރަނގަޅުވީ 91 މީހެކެވެ. މި ބަލީގެ ސަބަބުން ރާއްޖެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *