އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެ ޖުމްލަ އަދަދު 91އަށް

ކޮވިޑް19 އަށް ބިދޭސީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / އެމްއެންޑީއެފް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެވްޕީއޭ)ގެ ޑޭޝްބޯޑު ދައްކާ ގޮތުން ރޭ ބަލިން ރަނގަޅުވި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއުލާން ކުރި އަދަދަށްވުރެ ގިނައެވެ. މުޅި ޖުމްލަ މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް ޑޭޝް ބޯޑުން ދައްކަނީ 91 މީހުންނެވެ. އެމީހުންގެ އިތުރު ތަފްސީލެއް ނޭނގެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1143 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 581 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 414 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.