ރާއްޖެޓީވީ ނޫސްވެރިންތަކެއް ކޮވިޑަށް ޝައްކުވެގެން ސާންޕަލް ނެގިއިރު، ނެގެޓިވް!

ރާއްޖެޓީވީގެ މުވައްޒަފުންގެ ސާންޕަލް ނެގި ފޮޓޯތައް އެ ސްޓޭޝަނުން ވަނީ އާންމުކޮށްފައި-- ފޮޓޯ/ ރާއްޖެއެމްވީ

ރާއްޖެޓީވީގެ މުވައްޒަފުންތަކެއް ކޮވިޑް19އަށް ޝައްކުވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ސާންޕަލް ނެގި ކަމަށާއި ނަމަވެސް ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެ ސްޓޭޝަނުން ބުނެފިއެވެ.

މާލެ ލޮކްޑައުން ކުރުމާއެކު، ރާއްޖެޓީވީގެ ގިނަ މުވައްޒަފުންތަކެއް ނިދައި، ކައިބޮއި ހަދަނީ އެ ސްޓޭޝަންގެ ތެރޭގައެވެ. އެއްތަނެއްގެ ތެރޭގައި އެކުގައި އުޅެނިކޮށް، ބައެއް މުވައްޒަފުން ބަލިވެގެން، އެޗްޕީއޭއިން އެތަނަށް ގޮސް ސާންޕަލް ނެގި ކަމަށް އެ ސްޓޭޝަނުން މިއަދު ވަނީ ބުނެފައެވެ. އެގޮތަށް ބުނެފައި ވަނީ "ރާއްޖެއެމްވީ"އިން ޝާއިއު ކުރި ރިޕޯޓެއްގައެވެ.

ރާއްޖެޓީވީގެ ނޫސްވެރިއެއްގެ ސާންޕަލް ނަގަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ލޮކްޑައުންގެ ތަޖުރިބާ ކިޔައިދިން ރިޕޯޓުގައި ބުނެފައި ވަނީ މިހެންނެވެ. "މާތް ﷲ ގެ އިރާދަފުޅުން ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު، މުވައްޒަފުން އަދިވެސް ދަނީ ހުއްޓުމެއްނެތި، މި މަސައްކަތުގައި ކުރިއަށެވެ. ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަލީމްގެ އިރުޝާދާއެކު، މުވައްޒަފުންވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ،"

ލޮކްޑައުންގައި ތިބި އެ ސްޓޭޝަންގެ ބައެއް މުވައްޒަފުން ރޯދަ ވިއްލަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ކޮވިޑް19ގެ ނުރައްކަލާ އެކު 24 ގަޑިއިރު މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭގައި ގިނަ ނޫސްވެރިން ހިމެނެއެވެ. މައުލޫމާތު ފެތުރުމުގެ ގޮތުން ރެއާ ދުވާލު ނޫސްވެރިން ދަނީ މީޑިއާތަކުގައި ބުރަ މަސައްކަތެއް ކުރަމުންނެވެ. ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކަށް ފާރަވެރިވެ، ރައްޔިތުންނަށް ކޮންމެހެން ގެނެސްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިން ދަނީ ބޮޑު ގުރުބާނީއެއް ވަމުންނެވެ.

ތަންމަތި ހަދައިގެން، ރާއްޖެޓީވީގެ މުވައްޒަފުން އެ ސްޓޭޝަންގައި ނިދަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ހިޔާލު ދެއްވާ!

Your email address will not be published.