ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ސަލާމަތްވި މީހުންގެ އަދަދު 86އަށް

ސިއްހީ އޮފިޝަލުންތަކެއް މާސްކް އަޅައިގެން: ފޮޓޯ / މިހާރު

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެބަލިން އިތުރު 6 މީހަކު ސަލާމަތްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 6 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު އިއުލާން ކުރި 6 މީހުންގެ ކޭސް ނަންބަރުތައް އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި އެމީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ސާފެއް ނުވެއެވެ.

"ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަކުގެ ޑީއެޗް11 ގައި ވެންޓިލޭޓަރުގައި އޮތް މީހަކު މިރޭ އިއުލާން ކުރި ބަލިން ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1143 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 577 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 410 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 86 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *