މަހިބަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ އިތުރު ފަރުވާ އަށް މާލެ ގެންނަނީ

އދ. މަހިބަދޫ ----

އދ. މަހިބަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގާ މީހަކަށް ސީރިއަސް އަނިޔާތަކެއްވެ އެމީހާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު 11:25 އެހާއިރު ކަމަށެވެ. އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އަނެއް ސައިކަލުގެ ފަހަތުގައި އިން 54 އަހަރުގެ ފިރިހެނެކެވެ. އެމީހާ އަކީ މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ވެފައިވާ މީހާއެވެ.

ފުލުހުން ބުނީ އެމީހާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގިއިރު 28 އަހަރުގެ މީހާ އަކީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން އޮންނަ މީހެއް ނޫން ކަމަށެވެ. އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައްވި މީހާ އިން ސައިކަލު ދުއްވަން އިން މީހާ އަކީ 48 އަހަރުގެ މީހެއް ކަމަށާއި އެމީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.