ފުލުހުން އޮޕަރޭޝަންތަކުގައި ކަރަންޓު ހަތިޔާރު ބޭނުން ކުރަނީ

ޓޭޒާ ގަން ---

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ފިސްތޯލަ ނޫނީ ޓޭޒާ ގަން ބޭނުންކުރަން ފަށައިފިއެވެ.

އެކަމާއި ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށާފައި ވަނީ ފުލުހުންގެ ސަލާމަތާއި އާއްމުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެ ހަތިޔާރު ބޭނުން ކުރާނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށާއި އަދި އެ ހަތިޔާރު ބޭނުން ކުރާނީ ލިބިގެން ދާނެ ގެއްލުންތައް ކުޑަ ކުރުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދި އެ ހަތިޔާރު ބޭނުން ކުރާއިރު ފުލުހުން އެ ހަތިޔާރު ބޭނުންކުރާ ގޮތް މޮނީޓާ ކުރެވިގެން ދާނެ ކަމަށާއި އެ ހަތިޔާރު ފުލުހުން ބޭނުން ކުރާނީ ޒިންމާދާރުކަމާއި އެކީގައިތޯ ބެލުމަށް ބޮޑީ ކެމެރާ ވެސް ބޭނުންކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ދުނިޔޭގެ އެހެނ ގައުމުތަކުގައިވެސް ބޭނުންކުރާ މި ހަތިޔާރު އާއްމު ގޮތެއްގައި ބޭނުންކޮށް އުޅެނީ ސީޕީ ހަމީދު ވިދާޅުވި ފަދައިން އަމުރަށް ނުކިޔަމަންތެރިކަން ދައްކާ ހާލަތުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.