މިހާރު ކުރަމުން އަންނަ ވިއްސާރާގައި ފަރެސްމާތޮޑާ އަށް ގެއްލުންތަކެއް ލިބިއްޖެ

ފަރެސްމާތޮޑާ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގެ ތެރެއިން ---

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރާފައި ގދ. ފަރެސްމާތޮޑާގެ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ އަހުމަދު މިއަދު “ހަތާވީސް” އަށް ވިދާޅުވީ ފަރެސްމާތޮޑާ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެރަށުގެ އެއް ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިއްސާރާގައި ރަށުގެ މަގުތަކުގައި ފެންބޮޑުވެ އިތުރު ގެތަކަށްވެސް ފެން ވަދެދާނެ ކަމަށް ބަލާ ރަށުގެ ދެ ސަރަހައްދެއްގައި ހޮޅި އަޅާފައިވާ ކަމަށެވެ. އެގޮތުން ފަރެސް އަވަށާއި މާތޮޑާ އަވަށުގައި ހޮޅި އަޅާފައިވާނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގެ ތެރެއިން —

އެ މަސައްކަތް ކުރުމުގެ ގޮތުން ފަރެސްމާތޮޑާ ޕާކުގެ މަސައްކަތް ކުރާ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެމުން ގެންދާ އެހީ އަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގެތަކަށް ފެން ވަނުމުގެ އިތުރުން ދަނޑުވެރިކަން ކުރާ ގިނަ ދަނޑުތަކަކަށް ވެސް ވިއްސާރާގައި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ނަމަވެސް ރާއްޖެ ސަރަހައްދުގައި ތޫފާނެ އުފެދިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އެ ތޫފާނުގެ ސީދާ އަސަރު ނުކުރި ނަމަވެސް ނުސީދާ ގޮތުން އަސަރުތަކެއް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.