އީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކުރ ިއީދު ނަމާދު ބޮޑު ޖަމާއަތުގައި

މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުމަށާއި ގޭގައި އީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ރަށަކަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާ ކަމަށް ސައްހަ ރިވާޔަތްތަކުން ފާރިދުވެ އައިސްފައިވާ ކަމަށެވެ.

އެފަދަ ހާލަތުގައި އގޭގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި ވެސް އީދުނަމާދު ކުރާ ފަދައިން ކަމަށާއި ނަމަވެސް އީދު ނަމާދުގެ ހުތުބާއަކީ ހާކިމުގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުގައި ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށެވެ.

އީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާ ނުލައި ކަމަށާއި ގޭގައި އީދުނަމާދު އެކަނި ވެސް ކުރެވޭނެ ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ގޭގެ އަހުލުންނާ އެކު ޖަމާއަތުގައި ކުރުން އައުލާކަން ބޮޑުވެގެންވާ ކަމަށެވެ.

"އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުނު ނަމަވެސް ގޭގައި އީދު ނަމާދު ކުރުމަށާއި ގިނަގިނައިން ތަކުބީރުކިޔައި ދުއާކޮށް، ޝަރުއީ ހަމަތަކުގެމަތިން ރައްކާތެރިކަމާ އެކު، ގޭގައި އަހުލުންނާ އެކު އީދު އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރުމެވެ." އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލާގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *