އިންޑިއާގެ މަނަވަރުން ދިޔަ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ރާއްޖެ އައިސްފައިވާ އިންޑިއާ އަސްކަރިއްޔާގެ މަނަވަރު: ފޮޓޯ / ހައި ކޮމިޝަން

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ގެންދިއުމަށް އެގައުމުން ފޮނުވި މަނަވަރުގައި އެނބުރި ގައުމަށް ދިޔަ ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާގެ މަނަވަރުގައި ރާއްޖެއިން ދިޔަ އިންޑިއާގެ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުގައިވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އެކަން މިއަދު ރަސްމީ އިދާރާތަކުން ކަށަވަރު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެ ތިން މީހުންނަކީ ބައިސަން ކުންފުނީގައި މަސައްކަތް ކުރާ ތިން މީހުން ކަމަށެވެ. އެހެންކަމުން މިހާރު ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ އިންޑިއާ މީހުންނެވެ. އެއީ 104 މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.