ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު އެންމެ ފަހުން އެޖެންޑާކޮށްފި

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް: ފޮޓޯ / މަޖިލިސް

އެޖެންޑާއިން ނަގާ ޕާކު ކޮށްފައި އޮތް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު އެންމެ ފަހުން އެޖެންޑާކޮށްފިއެވެ.

މާދަމާ ހެނދުނު ބޭއްވުމަށް ނިންމާފައިވާ ޖަލްސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުން މިހާރު އާއްމު ކޮށްފައިވާއިރު އެޖެންޑާގައިވާ ގޮތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާކޮށްފައެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް އެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ ބިލް އެޖެންޑާ އިން ނަގައިފައެވެ. މި ބިލު ނެގުމަށްފަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ވަކިން ބިލެއް ހުށަހަޅާފައެވެ.

އެބިލު މަޖިލީހަށް ހުށަހެޅުމުން ގިނަ މެންބަރުން ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަތެވެ. އަދި އެއަށްފަހު ބިލު ދިރާސާ ކުރާ ލާމަރުކަޒީ ކޮމެޓީން ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފާ ވެސް ހޯއްދަވާފައެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް މަޖިލީހުން ފާސްކުރާ އާއްމު ބިލަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.