ޑިމޮކްރެސީއަށް ވުރެން ހުދުމުހުތާރު ވެރިކަން ރަގަޅު ކަން ދައްކަން ޗައިނާއިން އުޅެނީ

ޗައިނާގެ ރައީސް----

ޚުދުމުޚުތާރު ވެރިކަމަކީ ޑިމޮކްރެސީއަށް ވުރެން ރަގަޅު މޮޑެއްލް އެއްކަމަށް ދެއްކުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވިދާޅުވެއްޖެއެވެ.
ދަ އެޓްލާންޓިކް ނޫހުގައި ލިޔުއްވި އޮޕް-އެޑްއެއްގައި އޭނާ ވިދާޅުވެފައިވަނީ ޗައިނާއިން ގަައުމުގެ އެތެރޭގެ ވެރިކަން ކުރުން ރަނގަޅު ކުރުމަށް މަސައްކަތެއް ނުކުރެއެވެ. ތަފާތު ޚިޔާލެއް ފާޅު ކުރާ މީހުން ކޮންޓތްރޯލް ކުރެއެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މި މޮޑެލް އެކްސްޕޯޓް ކުރުމަށްވެސް ޗައިނާއިން މަސައްކަތް ކުރެއެވެ. މީގެ ސަބަބުން ދުނިޔޭގެ މިނިވަންކަމުގެ މާހައުލު ދުވަހަކަށް ވުރެން ދުވަހެއް ހަނިވަމުންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި ޗައިނާއިން ކުރަމުންދާ މަސައްކަތްތައް ފާޅުކޮށްފެންނާން މިހިރީ ޗައިނާއިން އަސްކަރީ ބާރަކަށް ވުމާއި ހަންފެތުރުމާއި ދެކުނު ޗައިނާ ކަނޑުގައި ބާރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތާއި ޗައިނާވާން ކައިރީގައިއާއި އެނޫން އެހެން ހިސާބުތަކުގައި ބާރުދަގަ ކުރުމަށް ކުރަމުންދާ މަސައްކަތުންނެވެ.
އަދި އެމެރިކާއާއި އެހެން މިނިވަން ގައުމުތަކަށް އޮތް ނުރައްކަލަކީ ޗައިނާގެ ކޮމިއުިސްޓް ޕާޓީއާއި ޗއިނާގެ އިގްތިސާދީ ސްޓްރެޓެޖީތައް ކަމުގައި އޭނާ ލިޔުއްވައެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި ވާލު ރޯގާ، ކޮވިޑް19 އަކީވެެސ ްޗައިނާއިން އުފެއްދި އެއްޗެއް ކަމުގައެވެ. އަދި މީގެ ބޭނުމަކީ ދުނިޔެކޮންޓްރޯލް ކުރުން ކަމަސާއި މި ރޯގާގެ އަސަރު ޗައިނާގެ ޝެންހާއީއާއި ބެއިޖިންގއަށް ކޮށްފައި ނުވާކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. އަދި ނޯބެލްގެގ އިނާމު ލިބިފައުވާ ފަރާތަކުންވެސް ވިދާޅުވެފައި ވަނީ މި ވައިރަސް މިއީ ލެބޯޓްރީއެއްގައި ބަދަލު ގެނަސްފައިވާ އެއްޗެއް ކަމުގައެވެ.

Leave a Reply

Your email address will not be published.