ބާ އިމްތިހާނާއި އެއް އަހަރު ތަމްރީނާ ނުލައި ވަކީލު ކަމުގެ ހުއްދަ ދޭން އިސްލާހު ހުށަހަޅައިފި

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް: ފޮޓޯ / މަޖިލިސް

ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުގެ ކަމުގެ ޝަރުތުގެ ގޮތުގައި ބަޔާންކޮށްފައިވާ ބާ އިމްތިހާނާއި އެއް އަހަރުގެ ތަމްރީނާއި ނުލާ ވަކީލު ކަމުގެ ހުއްދަ ދިނުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ދަގެނތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 ބައްޔާ ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަ ކުރަންޖެހޭ ކަމަށްބުނެ ގާނޫނުގައި ބަޔާންކޮށްފައިވާ ދެ ޝަރުތަށް އަމަލުކުރުން 1 ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށް ނާޒިމް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

ނާޒިމް މި އިސްލާހު ހުށަހެޅުއްވިއިރު މި އަހަރުގެ ބާ އިމްތިހާން ކުރިންވެސް ރާވަައިފައިވާ ގޮތަށް ގެންދަން ބާ ކައުންސިލުން ވަނީ ނިންމާފައެވެ. މިދިޔަ މަހުގެ 14ވަނަ ދުވަހު ބާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އިމްތިހާންގެ މަސައްކަތްތައް ކުރިން ތަސައްވަރުކުރި ގޮތާ ހިލާފަށް ގޮސްދާނެ ކަމަށް ލަފާކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެފަދަ ހާލަތެއް މިހާރު ނެތް ކަަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން އެދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.