އިތުރު 67 ބަންގްލަދޭޝް މީހަކު އެނބުރު ގައުމަށް

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ ބިދޭސީން: ފޮޓޯ / އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އިތުރު 67 މީހަކު މިއަދު އެނބުރި ގައުމަށް ފޮނުވާލައިފިއެވެ.

އެމީހުން ފޮނުވާލައިފައި ވަނީ ރާއްޖެ އަށް އެހީގެ ތަކެތި ހިފައިގެން އިއްޔެ އައި އަސްކަރީ މަތިންދާ ބޯޓުންނެވެ. އިއްޔެވެސް ވަނީ 353 މީހަކު އެނބުރި ގައުމަށް ފޮނުވާލައިފައެވެ.

އެމީހުން ފޮނުވާލީ ދިވެހި ސަރުކާރުން ޗާޓަރުކޮށްފައިވާ ބަންގްލަދޭޝްގެ ބިމާން އެއާގެ މަތިންދާ ބޯޓެއްގައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިންވެސް އެގައުމުގެ އަސްކަރީ މަތިންދާ ބޯޓެއްގައި 70 މީހަކު ބަންގްލަދޭޝްއަށް ފޮނުވާލާފައިވެއެވެ.

މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *