އެންމެ މަހުގެ ކުއްޖަކަށް ކޮވިޑް ޖެހިއްޖެ

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

ރާއްޖެއިން އެއް މަހުގެ ތުއްތު ކުއްޖަކަށް ކޮވިޑް19 ޖެހިއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެކުއްޖާ އަކީ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވެފައިވާ ކުއްޖަކު ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ޓެސްޓު ކުރީވެސް އެކުއްޖާއެވެ. ނަމަވެސް އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު އެކުއްޖާގެ މަންމަ ވެސް ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެއް މަހުގެ ތުއްތު ކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މާބަނޑު މީހަކު ވިހި ދަރިފުޅު ވަނީ ކޮވިޑް19 އަށް ނެގެޓިވްވެފައެވެ.

މިއަދު އެކަނިވެސް 47 މީހަކު ވަނީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 59 އަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.