ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 59އަށް އަރައިފި

Corona virus (patients)
ކޮވިޑް19 ޖެހިފައިވާ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ --

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ވަނީ އިތުރު 9 މީހަކު ވެސް ބަލިން ރަނގަޅުވެފައެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވިދާޅުވީ މިއަދު ރަނގަޅުވި 9 މީހުންގެ ތެރެއިން އިތުރު އެކަކު މިއަދު ރަނގަޅުވެފައިވާ ކަމަށާއި އަދި މުޅި ޖުމްލަ މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށެވެ.

މިއާއި އެކު މުޅި ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 59އަށް އަރާފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 59 މީހަކު ބަލިން ރަނގަޅުވިއިރު މިއަދުވެސް 47 ޕޮޒިޓިވް ކޭސް އެއް ވަނީ ފެނިފައެވެ. އެޗްޕީއޭ އިން ބުނީ 19 ދިވެހިންނާއި ބަންގްލަދޭޝް 22 މީހުންނާއި ނޭޕާލް ދެ މީހެއްގެ އިތުރުން އިންޑިއާ ހަތަރު މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 47 މީހުންނާއި އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 557 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 382 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.