މޫސުން ގޯސްވެ އުދަ އަރާ، ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް

ވިއްސާރާގައި ރަސްފަންނަށް ގެއްލުންތައް ވެފައި ---

މޫސުން ގޯސްވެ އުދަ އެރުމުގެ ސަބަބުން ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މަންޒަރުތަކުން ފެންނަނީ ރަސްފަންނު ސަރަހައްދު ސުންނާފަތި ވެފައިވާ މަންޒަރެވެ. މީހުން އިށީނުމަށް ހަދާފައިވާ ބެންޗު އެއްޗެއްސާއި ފަނުން ހަދާ ހިޔާ ކޮށްފައިވާ ތަންތަންވެސް ވަނީ ބިންމައްޗަށް ވެއްޓިފައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ އެއީ ހުކުރު ދުވަހު ކުރި ވިއްސާރާގައި ލިބުނު ގެއްލުން ކަމަށެވެ. އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އާދަޔާ ހިލާފަށް މޫސުން ގޯސްވެފައި ވަނީ ސައިކްލޯނެއް އުފެދުމުގެ ސަބަބުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މި ދުވަސްވަރު އާއްމު ގޮތެއްގައި ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުންޏެވެ. މެޓުން ބުނީ ސައިކްލޯން އުފެދިފައި ވަނީ ބޭ އޮފް ބެންގާލްގައި ކަމަށެވެ. މިދިޔަ އަހަރުވެސް ހުޅަނގު މޫސުމުގައި ބޭ އޮފް ބެންގާލްގައި ސައިކްލޯނެއް އުފެދުނު ކަމަށް މެޓުން ބުންޏެވެ.

ސައިކްލޯނުގެ އަސަރު މާ ބޮޑަށް ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުގައި ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އެކަމަކު އެ ސައިކްލޯން ދާނީ ރާއްޖެއާ ދުރަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވަނީ އޮރެންޖު އެލާޓު ނެރެފިއެވެ. މިއީ މިފަހުގެ ތާރީހެއްގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓެއް ނެރުނު ފުރަތަމަ ފަހަރެވެ

Leave a Reply

Your email address will not be published. Required fields are marked *