ތިން ދިވެއްސަކު ރަނގަޅުވެ، ބަލިން ސަލާމަތްވި އަދަދު 49އަށް

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ތިން ދިވެއްސަކު އެ ބަލިން ރަނގަޅުވެ، ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 49 އަށް ވަނީ އަރައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް19އިން ރަނގަޅުވި 12 އަހަރުގެ އަންހެން ކުއްޖަކާއި 37 އަހަރުގެ ފިރިހެނަކާއި އިތުރު ފިރިހެނެއް ކަމަށެވެ.

ކޮވިޑް19އިން ރަނގަޅުވި މީހުންގެ އަދަދު 49އަށް އަރާފައިވާއިރު، މިއަދު ވަނީ އެ ބަލި ރާއްޖެއިން ޖެހުނު މީހުންގެ އަދަދު 1،020އަށް އަރާފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެ ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 352އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.